ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ އިން ބަންޑާރަގޯތި ދޫކުރުމަށް ކުރި އިޢުލާނާގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާޢްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޟަތު ހުޅުވާލުން

މިިިިިިިކައުންސިލުގެ އިޢުލާނު ނަންބަރު (IUL)376/376/2025/29 އާއި ގުޅިގެން ބަނޑިދޫ އިން ބަންޑާރަގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއިޢުލާނާއެކު އާޢްމުކުރީމެވެ.

     ވީމާ، މިލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ 29 ސެޕްޓެމްބަރ 2025 ވަނަ ދުވަހުން ފެށިގެން 13 އޮކްޓޯބަރ 2025 ވަނަދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ލިޔުމުން ހުށަހެޅުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚްގެ ކުރިން މިކައުންސިލްގެ އީމެއިލް އެޑްރެސް  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

28 ސެޕްޓެންބަރު 2025
ހޯދާ