ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަނެ އިންސްޓޯލްކުރަން

މި ކައުންސިލުން ކުރި ނަންބަރު: IUL)239-AHRI/239/2015/39) އިޢުލާނަށް އެކަށީގެންވާވަރަށް ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ތިރީގައި މިވާގޮތަށް އަލުން އިޢުލާން ކުރަމެވެ.

މި ކައުންސިލްގެ އިދާރާއާއި ކައުންސިލްގެ އިދާރާގެ ގޯތީގައި ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަނެ އިންސްޓޯލްކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އީމެއިލުން ހުށަހަޅުއްވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6780700 ނުވަތަ 7909242 އާއެވެ.

05 މުޙައްރަމް 1437

19 އޮކްޓޫބަރު 2015
ހޯދާ