ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ' ދިވެހިރާއްޖެ
|
ނަންބަރ: H/IUL/2025/195 |
|
|
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު |
|
މި ކުންފުނީގެ ބޭނުމަށް ކ. ގުރައިދޫ އަށް އެލް.ވީ ކޭބަލް ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 ސެޕްޓެންބަރ 29 ވާ (ހޯމަ) ދުވަހުގެ 12:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. |
|
|
|
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކެވެ. |
|
މި މަސައްކަތަށް ހުށަހަޅާ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ހުށެހެޅުންތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު: އަގު: 80 ޕޮއިންޓް ހުށަހަޅާ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×80 މުއްދަތު: 15 ޕޮއިންޓް ހުށަހަޅާ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×15 ތަޖުރިބާ: 05 ޕޮއިންޓް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތު: މަދުވެގެން 45 ދުވަސް. - ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި. |
|
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. ހެޑް އޮފް ޕްރޮކިއުމަންޓް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިޢުލާން ނަންބަރު: H/IUL/2025/195 |
|
އަންދާސީހިސާބު ހުޅުވުން: މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 އޮކްޓޯބަރ 02 ވާ (ބުރާސްފަތި) ދުވަހުގެ 10:30 އަށް މި ކުންފުނީގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. |
|
03 ރަބީޢުލްއާޚިރު 1447 |
|
25 ސެޕްޓެންބަރު 2025 |
|
ނޯޓް:
|