މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލީގަލް ކޮންސެލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފާރމެއް ހޯދުން

އިޢުލާން

 

މި އިދާރާއަށް ލީގަލް ކޮންސެލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފާރމެއް ހޯދުމަށް ބޭނުންވެއްޖެ

 

ނ. މާފަރު ކައުންސިލަށް އެކިކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާލިބޭ މައްސަލަތަކުގައި ލަފާދިނުން ފަދަ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

#

ތަފްޞީލް

ތާރީޚާއި ގަޑި

1

އަންދާސީ ހިސާބު ރަޖިސްޓްރީވުމުގެ ސުންގަޑި

07 އޮކްޓޫބަރ 2025، 13:00

2

އަންދާސީ ހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން

09 އޮކްޓޫބަރ 2025، 13:00

 

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް  07 އޮކްޓޫބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓްރީ ފޯމް ހުށަހެޅުއްވުމަށްފަހު ، އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 09 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 06 އޮކްޓޫބަރ 2025 ވާ ހޯމަ ދުވަހުގެ  12:00 ގެ ކުރިން، [email protected] މިއީމެއިލް އެޑުރެހަށެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

25 ސެޕްޓެންބަރު 2025
ހޯދާ