މަޤާމު
|
މަސައްކަތު ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
އެންޓި-ކޮރަޕްޝަން ކޮމިޝަން (އައްޑޫ ސިޓީ ބިޔުރޯ)
|
މުސާރައާއި ޢިނާޔަތްތައް
|
- މުސާރަ: -/4,000 ރުފިޔާ
- ސަރވިސް އެލަވަންސް: -/1,000 ރުފިޔާ
|
ޝަރުޠު
|
1. ގްރޭޑް 10 ނިންމާފައިވުން.
2. އުމުރުން 55 އަހަރު ވެފައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުމާއި، އޮފީހުން އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖް އަދި ޗިޓްފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
|
ހުށަހަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
- ސްކޫލް ލީވިންގ ސެޓުފިކެޓުގެ އެޓެސްޓެޑް ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
ސުންގަޑި
|
26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން.
|
އިތުރު މަޢުލޫމާތު
|
- އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ ހުރަވީ ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަނުގެ ކައުންޓަރަށް ނުވަތަ އައްޑޫ ސިޓީ ކައުންސިލަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
- އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢު ކުރާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އަދި އައްޑޫ ސިޓީކައުންސިލުން ލިބިވަޑައިގަންނަވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
- ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015213 / 3015200
ފެކްސް ނަންބަރު: 3317182
އީމެއިލް: [email protected]
|