މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ސެޕްޓެންބަރ 27 އިން 30 އަށް، އަދި އޮކްޓޫބަރު 01 އިން 05 އަށް ކުރިއަށްގެންދިއުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ސެޕްޓެންބަރ 27 އިން 30 އަށް، އަދި އޮކްޓޫބަރު 01 އިން 05 އަށް މިއިން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 17:30 އަށް، ޅ. ކަނުހުރާ އިރުއުތުރު ފަރާތުން 05 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ޅ. ކަނުހުރާ އިރުއުތުރު ފަރާތުން 05 ނޯޓިކަލް މޭލު ބޭރުން 45000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 500 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

25 ސެޕްޓެންބަރު 2025
ހޯދާ