މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

  • މަޤާމުގެ ނަން:          މަސައްކަތު
  • ބޭނުންވާ އަދަދު:         2 (ދޭއް)       
  • ރޭންކް:              އެސް.އެސް 1 ( ސަޕޯޓް ސަރވިސް 1 )
  • ކުލެސިފިކޭޝަން:        ސަޕޯޓް ސްޓާފް ގްރޭޑް 1
  • މުސާރަ:             -/3100 ރުފިޔާ
  • ސަރވިސް އެލަވަންސް:    -/1000 ރުފިޔާ

މީގެއިތުރުން އިތުރުގަޑީގައާއި، ބަންދު ދުވަހުގައި މަސައްކަތް ކޮށްފިނަމަ ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި ސިވިލްސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

  • މަޤާމު އޮތް އޮފީސް:  ނ.ހެނބަދޫ ކައުންސިލްގެ އިދާރާ / ނ. ހެނބަދޫ މިސްކިތްތައް (އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި، އިމާމު/ މުދިމު އަންގަވާ ގޮތެއްގެ މަތީން މަސައްކަތްކުރުން.
  2. ރަށުކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެ މަތީން، މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި، އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތާއި މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާ އިންވެގެން އޮންނަ މަގުތަކުގެ ވިނަ ނޮޅައި ސާފުކުރުމާއި، ކުނިއުކާލުން ހިމެނެއެވެ. (މީގެތެރޭގައި މިސްކިތުގެ ގޯތިތެރެއާ އިންވެގެން އޮންނަ ޤަބުރުސްތާނު ނުހިމެނެއެވެ.)
  3. މިސްކިތުގެ ވަޅުދިޔަހިއްކައި ސާފުކުރުން.
  4. އިމާމު/ މުދިމު އަންގާގޮތެއްގެމަތީން، ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރިލެވިފައި ހުންނަ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުން. އަދި ފަންކާ، ހޮޅިބުރި، ކައުންސިލްގެ އިދާރާއިން ހަމަޖައްސަވާ އުސޫލަކުން ދިއްލުމާއި ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން ، އިމާމު/ މުދިމަށާއި ، ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.
  6. ކައުންސިލްގެ އިދާރާއިން / އިމާމު / މުދިމު އަންގަވާ ގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދައި ގަސް ކޮށައި ފެންދީ ބެލެހެއްޓުން.
  7. މީގެއިތުރުންވެސް މިސްކިތާ ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގަވާ ކަންތައްތައް ކުރުން.
  • މަޤާމުގެ އަސާސީ ޝަރުޠު:
  1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

(1) ލިބިފައިވާ ތަޢްލީމާއި ތަމްރީނު.

(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3) މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

އިންޓަރވިއު ކުރުން

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނ. ހެނބަދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއު އަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

  • ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓްކޮށްފައިވާ ލިޔުންތަކާއި، އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއި، އައިޑީކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮފީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) އާއެކު ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވުމަށްފަހު ފޯމުގައިވާ ތަކެއްޗާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ކޯސް ފުރިހަމަކުރުމަށްފަހު، ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރާ ''ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް'' ހުށަހަޅުއްވަންވާނެއެވެ.

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6560018 ފޯނާ ގުޅުއްވުން އެދެމެވެ.

ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާން ކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު، މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ، އެފަރާތްތައް ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓްކުރުމުގެ އިޚުތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ