އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ :

                                         އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ :

އއ.މާޅޮހު ޖެޓީހިޔާ އަދި ރަށުގެ މޮނިއުމެންޓްގެ ކުރެހުން އަދި ބީއޯކިޔު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

އއ.މާޅޮހު ޖެޓީހިޔާ އަދި ރަށުގެ މޮނިއުމެންޓްގެ ކުރެހުން އަދި ބީއޯކިޔު ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

މިބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލްގައި ބިޑް ރެޖިސްޓަރ ކުރަންވާނެއެވެ. ބިޑް ރަޖިސްޓަރ ކުރާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުންނެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 05 އޮކްޓޯބަރ 2025 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮހު ކައުންސިލުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ އެންމެހާ މަޢުލޫމާތު ފޯރޮކޮށްދެވޭނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބިޑްހުށަހެޅުން.

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 07 އޮކްޓޯބަރ 2025 (އަންގާރަ) ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ނޯޓް: މެއިލްމެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 06 އޮކްޓޯބަރ 2025 (ހޯމަ) ދުވަހުގެ 12:00ކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވުން ނުވަތަ [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާންމުކޮށްއެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ސެޕްޓެންބަރު 2025
ހޯދާ