މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މުސާޢިދު ވާޢިޘް

1. މަޤާމު

މުސާޢިދު ވާޢިޘް

ބޭނުންވާ އަދަދު

02 (ދޭއް )

ރޭންކް

ސީއެސް 14-1

ކްލެސިފިކޭޝަން

ރިލިޖަސް ޕްރޮފެޝަނަލްސް

މުސާރައާއި އިނާޔަތްތައް

މުސާރަ: -/14410 ރ.

ސަރވިސް އެލަވަންސް: -/5640ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

މަޤާމުގެ ޝަރުޠު

 

 

 

  1. މަޤާމަށް ބޭނުންވާ ދާއިރާއިން ޝަރީޢާ އިސްލާމިއްޔާ، ޝަރީޢާ ވަލްޤާނޫނު، ދިރާސާތުލްއިސްލާމިއްޔާގެ ދާއިރާއިން އިސްލާމީ ޔުނިވަރސިޓީއަކުން ނުވަތަ އިސްލާމިކް ފެކަލްޓީއަކުން ޢަރަބި ނުވަތަ އިނގިރޭސިބަހުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓުފިކެޓު ހާސިލުކޮށްފައި ވުމާއެކު، ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމާއި، ވަޢުޘު ވިދާޅުވުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުން ނުވަތަ؛
  2. މުސާޢިދު ވާޢިޘު، ސީއެސް 12-3 ގްރޭޑްގައި 2 އަހަރު ދުވަހުގައި މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތީ މާކްސް ހޯދާފައިވުން.

ސުންގަޑި

  • 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
  • މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3020232 ނަންބަރު ފޯނަށް ނުވަތަ 3020210 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 
  • ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

      

 

 

 

 

 

 

 

 

 

 

 

 

 

 

 

16 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015
ހޯދާ