ދިވެހިރާއްޖެ
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަށުގެ މުއައްސަސާތަކާއި، އާންމު ފަރުދުންނަށް ހުޅުވާލައިގެން ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން 2025 އޮކްޓޯބަރ 17 ވާ ހުކުރުދުވަހު ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މައުރަޒުގައިވެސް އެންމެ ރީތި ސްޓޯލް، އެންމެ ވިޔަފާރި ރަނގަޅު ސްޓޯލް އަދި އެންމެ ގިނަ އައިޓަމް ހިމެނޭ ސްޓޯލް ހޮވިގެން ދާއިރު، ވަނަތައް ހޮވަން ނިންމާފައިވަނީ މުއައްސަސާތަކާއި އާންމުންގެ ބައި ވަކިންނެވެ.
ވީމާ، މިއަހަރުގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. ބައިވެރިވުމަށް ރަސްމީ ގަޑީގައި ކައުންސިލްގެ 6580069 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ ކައުންސިލްގެ ވައިބަރ ނަންބަރ 7380069 އަށް މެސެޖް ކުރައްވައިގެން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓު ކުރެއްވުމުގެ ސުންގަޑިއަކީ 2025 އޮކްޓޯބަރ 2 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ.
