ދިވެހިރާއްޖެ
"އިންސްޓިޓިއުޝަނަލް ސްޓްރެންތަނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ފޯރ ދަ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް އެންޑް ވޭސްޓްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ޕްރޮޖެކްޓް ކޯޑިނޭޓަރ އެއް ހޯދުމާއި ގުޅޭ
ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން ދިވެހިރާއްޖޭގައި ކެމިކަލްސް އަދި ނުރައްކާތެރި ކުނި މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް ސްޕެޝަލް ޕްރޮގްރާމް ޓްރަސްޓް ފަންޑުގެ އެހީގެ ދަށުން ކުރިއަށްދާ "އިންސްޓިޓިއުޝަނަލް ސްޓްރެންތަނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ފޯރ ދަ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް އެންޑް ވޭސްޓްސް އިން ދަ މޯލްޑިވްސް" މަޝްރޫޢަށް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މިއިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ 6 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ.
އެޕްލިކޭޝަން ޓައިޓަލް: އިންސްޓިޓިއުޝަނަލް ސްޓްރެންތަނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ފޯރ ދަ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް އެންޑް ވޭސްޓްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ޕްރޮޖެކްޓް ކޯޑިނޭޓަރ އެއް ހޯދުމާއި ގުޅޭ
ހިޔުމަން ރިސޯސް ޑިވިޜަން
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ވެލާނާގެ، 5 ވަނަ ފަންގިފިލާ، މާލެ، 20096، ދިވެހިރާއްޖެ.
ފޯން: 3018300
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ނޯޓް: މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. އަދި މިއިޢުލާން ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
