ދިވެހިރާއްޖެ
މަޤާމު: ޕްރޮކިއުމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: އެމް.އެސް 1
ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގރ. 1
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ފިނޭންސް އެންޑް ފެސިލިޓީސް، ޕްރޮކިއުމަންޓް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- މާލިއްޔަތު ޤާނޫނާއި އަދި މާލިއްޔަތު ގަވާއިދުތަކާއި ހިލާފުނުވާގޮތަށް ކޯސްތައް ހިންގުމަށް ބޭނުންވާ ކޮންސިއުމަބަލްސް ފަރުވާތެރިކަމާއެކު ހޯއްދެވުން
2- އޮފީސް ހިންގުމަށް ބޭނުންވާ އެންމެހާ ތަކެތި ޤާނޫނާއި ގަވާއިދުތަކާ ޚިލާފުނުވާގޮތުން ފަރުވާތެރިކަމާއެކު ހޯދުން
3- ޕްރޮކިއުމަންޓު ޔުނިޓުން ހޯދޭ ތަކެއްޗަށް އޮފީހުގައި ހެދިފައިހުރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން
4- އަތޮޅުތަކުގައި ހުރި އަދި ޤާއިމުކުރުވާ ކެންޕަސްތަކަށް ބޭނުންވާ ތަކެތި ފަރުވާތެރިކަމާއެކު ފޯރުކޮށްދިނުން
5- ޕްރޮކިއުމަންޓް ޔުނިޓުން ހޯދާ ތަކެއްޗާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
6- އޮފީހަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ އިޢުލާންތަކާއި އެ އިޢުލާންތަކާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ބެލެހެއްޓުން
7- ބިޑް އިވެލުއޭޝަން ކޮމެޓިގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
8- ހޯދާ ޚިދުމަތްތަކާ ގުޅުންހުރި ބިލްތައް އަދާކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފައިސާއާބެހޭ ޔުނިޓަށް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ހަވާލުކުރުން
9- ބިޑްތަކަށް ކުރިމަތިލާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ބިޑްތައް ހަމަޖެހިފައިވާ އުސޫލުގެމަތިން ބަލައިގަތުން
10- ތަނަށް ބޭނުންވާ ތަކެތި ހޯދުމާއި ސްޓޯރގައި ނެތްތަކެތި ހޯދުމަށް ހާއްސަ ސަމާލުކަމެއް ދިނުން
11- ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުން
12- ޕޮލިޓެކްނިކްގެ އާންމު ޚިދުމަތްތައް ދިނުމުގެ އިތުރުން ކިޔަވައިދޭ ތަނަކަށްވާތީ ކިޔަވައިދިނުމަށް ބުރޫނާރާގޮތަށް ތަކެތި ހޯއްދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން
13- އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިވެދިނުން
14- އޮފީސް ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކްކުރުން)
15- މަޤާމުގައި މަސައްކަތުގެ އިތުރުން ހަވާލުކުރުވާ ރަސްމީ މަސައްކަތްތައް ފަރުވާރެތިކަމާއެކު ފުރިހަމަކުރުން
ޝަރުޠު:
ތަޢުލީމީ ފެންވަރު:
1. ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
2. ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން
ނުވަތަ
3. ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގއާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.
ބ. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
އިންޓަރވިއު ކުރުން
ހ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ށ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ނޮވެންބަރު 4 އިން 12 ނޮވެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
ނ. މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލުކޮޕީ ގެންނަވަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް)
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮކްޓޫބަރު 2015 ވަނަދުވަހުގެ 14:00 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.