މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
14 އަހަރާއި 18 އަހަރުން ދަށުގެ އުމުރުފުރާއަށް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް ހުޅުވާލުމާގުޅޭ

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން 18 އޮކްޓޯބަރ 2025 ގައި ބޭވުމަށް ހަމަޖެހިފައިވާ 14 އަހަރާއި 18 އަހަރުން ދަށުގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ރާވާ ހިންގުމަށް ޝައުޤުވެރިވާ ކްލަބް ޖަމްޢިއްޔާތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ޕްރޮޕޯސަލްގައި ކްލަބް/ޖަމުޢިއްޔާއިން މުބާރާތް ހިންގުމުގެ ކަންކަން ކުރިޔަށްގެންދާނެ އުސޫލާއި، ޖަމުއިއްޔާތަކުން މުބާރާތް ރާވާ ހިންގަން ޕްލޭންކުރާ ގޮތާއި، އަދި ކައުންސިލުން އެހީތެރިކަން ބޭނުންވާ ދާއިރާތައް ކަނޑައެޅި ބަޔާން ކޮށްފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ކްލަބް/ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

ވުމާއެކު، މިދެމުބާރާތް ރާވާ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6560013 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެވުމަށް ދަންނަވަމެވެ.

ވިމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01   ރަބީޢުލްއާޚިރު  1447

23   ސެޕްޓެންބަރު  2025

23 ސެޕްޓެންބަރު 2025
ހޯދާ