ދިވެހިރާއްޖެ
ދިވެހިރާއްޖޭހޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫނުގެ 149 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެޤާނޫނުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހއ.އިހަވަންދޫގައި ޤާއިމްކުރެވިފައިވާ މަދަނީ ޖަމްޢިއްޔާ / ޖަމާޢަތްތަކުން އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމުގެ ގޮތުން އަދި ފައިދާކުރާގޮތަށް ހިންގާ މަޝްރޫޢުތަކަށް ކައުންސިލްގެ ބަޖެޓުން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން ޢަމަލު ކުރާނެ ގޮތުގެ އުޞޫލު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 203 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވީމާ، ހއ.އިހަވަންދޫގައި ޤާއިމްކުރެވިފައިވާ މަދަނީ ޖަމްޢިއްޔާ / ޖަމާޢަތްތަކުން އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމުގެ ގޮތުން އަދި ފައިދާކުރާގޮތަށް ހިންގާ މަޝްރޫޢުތަކަށް ކައުންސިލްގެ ބަޖެޓުން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދާނެކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ އެކު، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހއ.އިހަވަންދޫގައި ޚަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުޞޫލް އާންމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.