މަދަރުސަތުއް ސުލްޠާނު މުޙަންމަދު ތަކުރުފާނުލް އަޢުޡަމް - ހއ. އުތީމު
ދިވެހިރާއްޖެ
އެޑްމިނިސްޓޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓޭޓިވް އޮފިސަރ (ދާއިމީ) 

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވީސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އޮފީސް:

މަދަރުސަތުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

ސެކްޝަން/ ޔުނިޓް

އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

 

 

 

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. ދުވަހުން ދުވަހަށް ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީއަށް އަރުވައި، ސްކޫލުގެ އިސްވެރިޔާ ސޮއިކުރުމަށް ގެންދިޔުމާއި، އިސްވެރިޔާ އަންގަވާގޮތެއްގެމަތިން، އެ ތަކެތި ނިމުމުން، އެ މެސެޖެއް ނުވަތަ ސިޓީއެއް ރައްދުވާ ފަރާތަށް ލަސްނުކޮށް ރައްދުކޮށްދިނުން.

2. ކުރު މުއްދަތެއްގައި ނުވަތަ އަވަސްގޮތެއްގައި ޖަވާބުދިނުމަށް މެސެޖެއް ނުވަތަ ސިޓީއެއްފަދަ "އަރޖެންޓް" ލިޔުމެއް ލިބިއްޖެނަމަ، ކަމުގެ މުހިންމުކަމަށް ބަލައި، ވީ އެންމެ އަވަސް ފުރުސަތެއްގައި ސްކޫލުގެ ވެރިޔާއަށް ނުވަތަ އެހެނިހެންވެސް އިސްފަރާތަކާއެކު މަޝްވަރާކޮށް، ޒިންމާދާރުކަމާއެކު ޖަވާބު ތައްޔާރުކޮށް ފޮނުވަންވާނެއެވެ.

3. މުވައްޒަފުންގެ ހާޒިރީ ތައްޔާރުކޮށް ބެލެހެއްޓުން. މިގޮތުން، ގަޑިޖެހޭ މީހުންނާއި ސަލާމް ނުވަތަ ޗުއްޓީނަގާ ފަރާތްތަކުގެ މަޢުލޫމާތުވެސް ހާޒިރީން އެނގޭނެފަދަގޮތެއްގައި ފާހަގަކޮށް، ސްކޫލުގެ އިސްވެރިޔާގެ ލަފާގެމަތިން  ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ނިންމުމާއި، މަސް ނިމުމުން، ހާޒިރީ ރިޕޯޓް ހަދައި، ސްކޫލުގެ ވެރިޔާލައްވާ ސޮއިކުރުމަށްފަހު، މުސާރަ ޝީޓް ހެދުމަށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން ނުވަތަ ފައިލްކުރުން.

4. ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާތޯ ބެލުން.

5. ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ދޫކުރުމުގެ ކުރިން، އެ ދަރިވަރަކާބެހޭ މަޢުލޫމާތު ހޯދައި، ސްކޫލުގެ އިސްވެރިޔާ  ކަނޑައަޅުއްވާފައިވާ ފަރާތަކަށް އެ މަޢުލޫމާތު ހިއްސާކުރަންވާނެއެވެ. އަދި ދަރިވަރު ވެއްދުމަށް ފޯމު ދޫކުރަންވާނީ ސްކޫލުގެ އިސްވެރިޔާ ނުވަތަ އިސްވެރިޔާ ކަނޑައަޅުއްވާ ފަރާތަކުން ދަރިވަރު ވެއްދޭނެކަމުގެ ސާފު މަޢުލޫމާތު ފޯރުކޮށްދިނުމުންނެވެ.

6. ލީވިންގ ސެޓްފިކެޓް ފޯމް ދޫކޮށް ބަލައިގަނެ، ލީވިންގ ސެޓްފިކެޓް ތައްޔާރުކޮށްދިނުން. ލީވިންގ ސެޓްފިކެޓް ތަޔާރުކުރުމުގެ ކުރިން، ފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްތޯ ސްކޫލުގެ އިސްވެރިންނާއި ނުވަތަ އެކަމަށް ޚާއްޞަ މުވައްޒަފެއް ހުންވާނަމަ، އެފާރާތާ ވާހަކަދައްކައި ކަށަވަރުކުރުން.

7. ސްކޫލު އިސްވެރިޔާގެ މަޝަވަރާގެމަތިން ސްކޫލުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުން.

 

އުޖޫރައާއި ޢިނާޔަތް:

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ ޤަވާޢިދުން އިތުރުގަޑީގެ ފައިސާ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް.

- ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާގޮތުގެމަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.

 

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ތަޢުލީމާއި ތަމްރީނަށް.

- މި ދާއިރާއިން ތަޖުރިބާ ލިބި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހެއްކަމުގައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
  3. ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދާ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެހާއެކު)

 

ސުންގަޑި:

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މަދަރުސާއަށް ހުށަހެޅުން އެދެން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސަރުކަރު ބަންދުނޫން ދުވަސްދުވަހު ރަސްމީ ގަޑީގައި މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6500046 ނަންބަރު ފޯނާއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

އިންޓަވިއުކުރާ ތަނާއި ތާރީޚާއި ގަޑި:

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް، އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

6 މުޙައްރަމް 1437

19 އޮކްޓޫބަރު 2015
ހޯދާ