މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހިންގާ ހަރަކާތަކަށް ބެކްޑުރޮޕްސް ބެނަރ އަދި ފްލޭގް ޕްރިންޓުކޮށްދޭނެ ފަރާތެއް ހޯދުމަށް

               އިޢުލާން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހިންގާ ހަރަކާތަކަށް ބެކްޑުރޮޕްސް ބެނަރ އަދި ފްލޭގް ޕްރިންޓުކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 5 އޮކްޓޯބަރ 2025 ވާ  އާދިއްތަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                                                 01 ރަބީޢުލްއާޙިރު 1447ހ.

23 ސެޕްޓެންބަރު 2025
ހޯދާ