އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ / މެނޭޖަރ - ކޭސް މެނޭޖްމަންޓް

އިޢުލާން ނަންބަރު: ASND-HCM-IUL-2025-36

މަޤާމް: ޑެޕިއުޓީ މެނޭޖަރ / މެނޭޖަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން: ކޭސް މެނޭޖްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތު ގަޑި: 08:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  1. ނާސިންގ، ހެލްތު އެޑްމިނިސްޓްރޭޝަން ނުވަތަ ސިއްޚީ ދާއިރާއާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ކްލިނިކަލް (ޕޭޝިއަންޓް ކެއަރ) ނުވަތަ ހެލްތް އެޑްމިނިސްޓްރޭޝަން ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ނާސިންގ، އެމް.ބީ.ބީ.އެސް, ހެލްތު އެޑްމިނިސްޓްރޭޝަން ނުވަތަ ސިއްޚީ ދާއިރާއާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ކްލިނިކަލް (ޕޭޝިއަންޓް ކެއަރ) ނުވަތަ ހެލްތް އެޑްމިނިސްޓްރޭޝަން ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސެކްޝަނަށް ބޭނުންވާ ސްޓްރެޓެޖީތަކާއި، ޓާގެޓްތަކާއި، ޕްރޮޓޮކޯލްތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ސެކްޝަންގެ ވޯކް ޕްލޭނާއި ކުންފުނީގެ އެހެން ސްޓްރެޓެޖީތަކާއި ޓާގެޓްތައް އެކުލަވާލައި ތަންފީޒުކުރުން.
  3. ސެކްޝަންގެ މަސައްކަތުގެ ޖުމްލަ ފެންވަރު ރަނގަޅުކުރެވޭނެ ގޮތްތައް ބަލައި ދެނެގަތުން.
  4. ސެކްޝަންގެ މުވައްޒަފުންނަށް ޙަވާލުކުރެވިފައިވާ މަސައްކަތްތައް ބަލަހައްޓައި، އެމީހުންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. ޓާގެޓްތައް ތަންފީޒުކުރުމާއި، ހަވާލު ކުރެވިފައިވާ މަސައްކަތްތަކުގައި މުވައްޒަފުންގެ މަސައްކަތާއި ތަމްރީނު ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ޕީރިއަޑިކް ރިވިއުކުރުން.
  6. މެޑިކަލް އެޕްރޫވަލްތަކާއި އިމަޖެންސީ އިވެކިއުއޭޝަން ކޭސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ސެކްޝަނަށް ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓްތައް އިންތިޒާމުކޮށް ކޯޑިނޭޓްކުރުމާއި، ސެކްޝަންގެ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ޓާގެޓްތަކާއި ސުންގަޑިތައް ހާސިލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  8. ސްކީމް ތަންފީޒުކުރުމާ ގުޅޭގޮތުން ސްޓްރެޓެޖީތަކާއި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުމުގައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
  9. ސްޓްރެޓެޖީތަކާއި ސިޔާސަތުތަކާއި އުސޫލުތައް ތަންފީޒުކުރުމުގައި ކުންފުނީގެ އެހެން ޑިޕާޓްމަންޓްތަކާ ކޯޑިނޭޓްކުރުން.
  10. ޤައުމީ އަދި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި މުޅި ކުންފުނި އަދި ސެކްޝަން ތަމްސީލުކުރުން.
  11. ޚިދުމަތްދޭ ފަރާތްތަކާއެކު ދުޅަހެޔޮ ގުޅުމެއް ދެމެހެއްޓުން.
  12. ސެކްޝަނުން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރުން.
  13. ސެކްޝަންގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓަށް ބޭނުންވާ ހިއުމަން ރިސޯސް އަދި ކެޕިޓަލް ރިކުއަރމަންޓްސް ދެނެގަތުން.

  

އެހެނިހެން ހުނަރު:

  1. ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  2. ހިންގުމުގެ ދާއިރާގައި ތަޖުރިބާލިބިފައިވާ ފަރާތެއް އަދި ހަރުދަނާ ލީޑަރޝިޕް ހުނަރުހުރި ފަރާތެއް ކަމުގައިވުން.

 

މުސާރައާއި އިނާޔަތް :

  • 27،500.00 - 30،300.00 ރުފިޔާ
  • ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް

  

ކުރިމަތިލުމުގެ ސުންގަޑި: 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

    

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

23 ސެޕްޓެންބަރު 2025
ހޯދާ