ދިވެހިރާއްޖެ
މި އިޢުލާންވަނީ 23 ސެޕްޓެންބަރު 2025 16:28 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން ނަންބަރު: ASND-HCM-IUL-2025-34
މަޤާމް: ޑެޕިއުޓީ މެނޭޖަރ / މެނޭޖަރ
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން: ކޭސް މެނޭޖްމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތު ގަޑި: 08:00 އިން 16:00
މަޤާމުގެ ޝަރުތު:
- ނާސިންގ، އެމް.ބީ.ބީ.އެސް, ހެލްތު އެޑްމިނިސްޓްރޭޝަން ނުވަތަ ސިއްޚީ ދާއިރާއާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ކްލިނިކަލް (ޕޭޝިއަންޓް ކެއަރ) ނުވަތަ ހެލްތް އެޑްމިނިސްޓްރޭޝަން ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ނާސިންގ، ހެލްތު އެޑްމިނިސްޓްރޭޝަން ނުވަތަ ސިއްޚީ ދާއިރާއާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ކްލިނިކަލް (ޕޭޝިއަންޓް ކެއަރ) ނުވަތަ ހެލްތް އެޑްމިނިސްޓްރޭޝަން ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސެކްޝަނަށް ބޭނުންވާ ސްޓްރެޓެޖީތަކާއި، ޓާގެޓްތަކާއި، ޕްރޮޓޮކޯލްތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްޝަންގެ ވޯކް ޕްލޭނާއި ކުންފުނީގެ އެހެން ސްޓްރެޓެޖީތަކާއި ޓާގެޓްތައް އެކުލަވާލައި ތަންފީޒުކުރުން.
- ސެކްޝަންގެ މަސައްކަތުގެ ޖުމްލަ ފެންވަރު ރަނގަޅުކުރެވޭނެ ގޮތްތައް ބަލައި ދެނެގަތުން.
- ސެކްޝަންގެ މުވައްޒަފުންނަށް ޙަވާލުކުރެވިފައިވާ މަސައްކަތްތައް ބަލަހައްޓައި، އެމީހުންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ޓާގެޓްތައް ތަންފީޒުކުރުމާއި، ހަވާލު ކުރެވިފައިވާ މަސައްކަތްތަކުގައި މުވައްޒަފުންގެ މަސައްކަތާއި ތަމްރީނު ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ޕީރިއަޑިކް ރިވިއުކުރުން.
- މެޑިކަލް އެޕްރޫވަލްތަކާއި އިމަޖެންސީ އިވެކިއުއޭޝަން ކޭސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްޝަނަށް ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓްތައް އިންތިޒާމުކޮށް ކޯޑިނޭޓްކުރުމާއި، ސެކްޝަންގެ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ޓާގެޓްތަކާއި ސުންގަޑިތައް ހާސިލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ސްކީމް ތަންފީޒުކުރުމާ ގުޅޭގޮތުން ސްޓްރެޓެޖީތަކާއި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުމުގައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
- ސްޓްރެޓެޖީތަކާއި ސިޔާސަތުތަކާއި އުސޫލުތައް ތަންފީޒުކުރުމުގައި ކުންފުނީގެ އެހެން ޑިޕާޓްމަންޓްތަކާ ކޯޑިނޭޓްކުރުން.
- ޤައުމީ އަދި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި މުޅި ކުންފުނި އަދި ސެކްޝަން ތަމްސީލުކުރުން.
- ޚިދުމަތްދޭ ފަރާތްތަކާއެކު ދުޅަހެޔޮ ގުޅުމެއް ދެމެހެއްޓުން.
- ސެކްޝަނުން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރުން.
- ސެކްޝަންގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓަށް ބޭނުންވާ ހިއުމަން ރިސޯސް އަދި ކެޕިޓަލް ރިކުއަރމަންޓްސް ދެނެގަތުން.
އެހެނިހެން ހުނަރު:
- ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- ހިންގުމުގެ ދާއިރާގައި ތަޖުރިބާލިބިފައިވާ ފަރާތެއް އަދި ހަރުދަނާ ލީޑަރޝިޕް ހުނަރުހުރި ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތް :
- 27،500.00 - 30،300.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް
ކުރިމަތިލުމުގެ ސުންގަޑި: 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.