ދިވެހިރާއްޖެ
ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލަކީ އޮތޯރިޓީގެ ގަވާއިދު ނަންބަރު (ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު) ގެ ދަށުން، އޮތޯރިޓީން ބޭނުންވާ ޝަރީޢާ ލަފަޔާއި ރޫލިންގ ފޯރުވައިދިނުމައްޓަކައި އުފައްދާފައިވާ ކައުންސިލެކެވެ. ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ގަވާއިދު އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ކައުންސިލުގެ ގަވާއިދުގެ ދަށުން ކައުންސިލުގެ މެންބަރުންގެ އަދަދަކީ 5 (ފަހެއް)، އެއީ، 4 (ހަތަރެއް) ޝަރުޢީ ދާއިރާގެ މެންބަރުންނާއި، އިންޑަސްޓްރީ ތަޖުރިބާކާރު 1 (އެކެއް) ހިމެނޭހެންނެވެ.
މި ގަވާއިދުގެ ދަށުން ޝަރުޢީ ދާއިރާގެ މެންބަރުން ގޮތުގައި ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.
މެންބަރުންގެ ހުންނަންޖެހޭ ޝަރުތުތައް:
- ޝަރީޢާއިން ނުވަތަ ޝަރީޢާއާއި ޤާނުނުގެ ރޮނގުން ނުވަތަ ފިޤުހު ނުވަތަ އުޞޫލުލް ފިޤުހުގެ ރޮނގުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ގުޅޭ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ނުވަތަ ކެޕިޓަލް މާރކެޓް ރިގިއުލޭޓްކުރާ، ރެގިއުލޭޓަރީ އޮތޯރިޓީއެއް ނުވަތަ ކަމާގުޅޭ ބައިނަލްއަޤްވާމީ އޮގަނައިޒޭޝަނަކުން ހުއްދަ ލިބިފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއްކަމުގައިވުމާއެކު ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މ1/3ެންބަރެއް ނުވަތަ ދާއިމީ މުވައްޒަފެއް ކަމުގައި ނުވުން، ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްކަމުގައި ނުވުން، ނުވަތަ އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ނުވުން ނުވަތަ ދާއިމީ މުވައްޒަފަކަށް ނުވުން.
- އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއްކަމުގައި ނުވުން، ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއް ނުވަތަ ރާއްޖޭގައި ލިސްޓުކޮށްފައިވާ އިސްލާމިކް ސެކިއުރިޓީޒް ދޫކުރާ ފަރާތެއްގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލުގެ މެންބަރެއް ކަމުގައި ނުވުން.
- އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއް ކަމުގައި ނުވުން ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ޝަރީޢާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވުން.
ކައުންސިލްގެ ޒިންމާތައް:
- އޮތޯރިޓީން ހުށަހަޅާ މައްސަލަތަކުގައި ޝަރީޢާ ލަފާ އަދި ރޫލިންގ ދިނުން؛
- އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ޝަރީޢާ ލަފާ އަދި ރޫލިންގ ދިނުން؛
- އިސްލާމިކް ކެޕިޓަލް މާކެޓް ދެމެހެއްޓުމުގައި ފޯރުވައިދޭންޖެހޭ އެހެންވެސް ޝަރީޢާ ލަފާ ނުވަތަ ރޫލިންގ ދިނުން.
ހުށަހަޅަންޖެހޭ މަޢުލޫމާތު:
- މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ފޮނުވާ ސިޓީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ކަރިކިއުލަމް ވިޓާ (ސީވީ)
- އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ފިޓް އެންޑް ޕްރޮޕަރ ފޯމް އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ https://cmda.gov.mv/en/downloads/fit-and-proper-declaration-form
އިނާޔަތްތައް:
ފިކްސްޑް އެލަވެންސް |
ފިކްސްޑް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 4,000 (ހަތަރުހާސް ރުފިޔާ)
|
ސިޓިންގ އެލޮވެންސް |
ސިޓިންގ އެލަވަންސްގެ ގޮތުގައި ކައުންސިލް ކޮންމެ ބައްދަލުވުމަކަށް 1,000 (އެއްހާސް ރުފިޔާ). އެހެން ނަމަވެސް އެންމެ ގިނަވެގެން ސިޓިންގ އެލަވަންސް ގޮތުގައި މެންބަރަކަށް މަހަކު ދޭނީ 2,000(ދެހާސް ރުފިޔާ) އެވެ. |
ވީމާ، ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލައްވަން ޝައުގުވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާތީ، ޝަޢުގުވެރިވާ ފަރާތްތަކުން މެންބަރުކަމަށް އެދި ފޮނުވާ ސިޓީއާއެކު މަތީގައި ދަންނަވާފައިވާ މައުލޫމާތު މިއޮތޯރިޓީއަށް އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ.