ދިވެހިރާއްޖެ
ގދ.ފިޔޯރީ ސްޓޭޓް ހައުސްގެ ނުނިމި ހުރި ބައެއް މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތް ދިނުމުގެ ސެޝަނުގައި ބައިވެރިވުމުގެ ދަޢުވަތު އަރުވަމެވެ. މަޢުލޫމާތް ސެޝަން އޮންނާނީ 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ގދ.ފިޔޯރީ ސްޓޭޓް ހައުސްގައެވެ. މި އިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް މަޢުލޫމާތް ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބިޑް ހުށައެޅުން އޮންނާނީ 7 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައިއެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 5 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މަޢުލޫމާތް ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.