ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާނު

 

މަޤާމު:

 ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-350554

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މާލެ / ލައިސެންސިންގ އެންޑް ރެޖިސްޓްރޭޝަން ސެކްޝަން

މުސާރަ:

-/8835

ސަރވިސް އެލަވަންސް:

-/2000

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ    %35
  • ސަޕޯޓިންގ ކޯ އެލަވަންސް:    -/1100 ނުވަތަ
  • ޓެކްނިކަލް ކޯ އެލަވަންސް:     %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގައި ސެކްޝަން އިން ހުށަހަޅަންޖެހޭ މައުލޫމާތު އެކުލަވާލުން.
  2. ޔޫ.އާރ.އޭ ގެ ވަރކް ޕްލޭންގެ ދަށުން ސެކްޝަންގެ ވަރކް ޕްލޭން އެކުލަވާލައި ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތްތައް ހިންގުން. އަދި ޕްލޭންގެ ޕްރޮގްރެސް މޮނިޓަރކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
  3. ދިވެހިރާއްޖެއަށް ފެތޭ ގޮތަށް ޔޫ.އާރު.އޭ އިން ހަދާ ސްޓޭންޑަރޑް ތައް އެކުލަވާލުމުގައި އެހީތެރިވުން
  4. އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގެ ސްޓެޓިސްޓިކްސް ކަލެކްޓްކުރުމާއި ސްޓެޓިސްޓިކަލް ޑޭޓާ މެނޭޖްކުރުމުގެ ގޮތުން ސެކްޝަންގެ ފަރާތުން ހިންގަންޖެހޭ މަސައްކަތްތައް ހިންގުން.
  5. ޔޫ.އާރު.އޭގެ ޤަވާއިދުތަކާއި މިންގަޑުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުމާއި އެކަމާއިބެހޭ އެންމެހައި މަސައްކަތްތަކުގައި ޑިވިޝަން ހެޑްއަށް އެހީތެރިވުން
  6. ޔޫ.އާރު.އޭ އިން ފާސް ކުރުމަށް ހުށަހެޅޭ ކުރެހުންތަކާއި އިންޖިނިއަރިންގ ޑިޒައިންތައް ފާސް ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން
  7. ޔުޓިލިޓީ ދާއިރާއިން ހުށައެޅޭ ޑިޒައިންތަކުގައިވާ ސިވިލް އިންޖިނިއަރިންގ އާއި ގުޅޭ ޑިޒައިންތައް ފާސްކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން
  8. ޔޫ.އާރ.އޭ އަށް ހުށަހެޅޭ ޑިޒައިންތަކަކީ ތިމާވެއްޓާއި ރައްޓެހި ޑިޒައިންތަކެއްކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  9. ޕްލޭންތަކާ ގުޅޭގޮތަށް ޔޫ.އާރު.އޭެގެ ބަޖެޓް އެކުލަވާލުމުގައި އޮފީހުގެ އިސްވެރިންނަށް ފަންނީ ލަފާ ދިނުމާއި ޕްލޭންތަކާ ގުޅޭ ގޮތަށް ބަޖެޓް އެކުލަވާލުމުގައި އެހީތެރިވުން.

10. ޔޫ.އާރ.އޭ މެނޭޖްކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ޔޫ.އާރ.އޭ ގެ އިސްވެރިޔާއަށް ފަންނީ ލަފާދިނުމާއި އޮފީހުގެ އެކި އެކި ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުން

11. އާއްމު ޚިދުމަތްތަކާއި ގުޅުންހުރި ލައިސަންސްތަކާއި ހުއްދަތައް ދޫކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ތަޢުލީމީ ރޮނގު(ތައް):

  • ސިވިލް އިންޖިނިއަރިންގ   
  • ކޮންޓްރޯލް އިންޖީނިއަރިންގް  
  • ޑްރިލިންގ އިންޖީނިއަރިންގ  
  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް  
  • އިލެކްޓްރިކަލް އިންޖިނިއަރިންގ  
  • އިލެކްޓްރޯނިކްސް ކޮމިއުނިކޭޝަން އިންޖީނިއަރިންގ  
  • އެނަރޖީ   
  • އެނާޖީ އިންޖިނިއަރިންގ  
  • އެނާރޖީ މެނޭޖްމަންޓް   
  • އެނާރޖީ ޕޮލިސީ   
  • އެންވަޔަރަންމެންޓަލް ކެމިސްޓްެރީ  
  • އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން   
  • އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ  
  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު   
  • އެންވަޔަރަންމަންޓަލް ޕޮލިސީ  
  • އެންވަޔަރަންމެންޓަލް ސައިންސް  
  • ހައިޑްރޮލޮޖީ  
  • އިންޑަސްޓްރިއަލް އިންޖީނިއަރިންގ  
  • މެރިން އިންޖީނިއަރިންގ  
  • މެކޭނިކަލް އިންޖިނިއަރިންގ  
  • ޕެޓްރޯލިއަމް އިންޖީނއަރިންގ  
  • ޕެޓްރޯފިޒިކަލް އިންޖީނިއަރިންގ  
  • ޕަވަރ އިންޖީނިއަރިންގް  
  • ރެނުވަބަލް އެނަރޖީ  
  • ރެނުވަބަލް އިންޖީނިއަރިންގް  
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  • ސާރފޭސް ފެސިލިޓީ އިންޖީނިއަރިންގ  
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް  
  • ޓޮކްސިކޮލޮޖީ  
  • އާރބަން ޕްލޭނިންގ  
  • ވޭސްޓް މެނޭޖްމަންޓް   
  • ވޯޓަރ އެންޑް ސެނިޓޭޝަން   
  • ވޯޓަރ ކެމިސްްޓްރީ  
  • ވޯޓަރ އިންޖީނިއަރިންގ  
  • ވޯޓަރ ރިސޯސް މެނޭޖްމަންޓް  
  • ވޯޓަރ ސައިންސް  
  • ވޯޓަރ ސަޕްލައި އިންޖީނިއަރިންގ  
  • ވޯޓަރ ޓެކްނޮލޮޖީ 

ޕްރިފަރޑް ޑިސިޕްލިން(ތައް) :

         ނެތް

ކޯ ޑިސިޕްލިން(ތައް):

  • ސިވިލް އިންޖިނިއަރިންގ
  • އެނަރޖީ
  • އެނާރޖީ މެނޭޖްމަންޓް
  • އެނާރޖީ ޕޮލިސީ
  • އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން
  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
  • ވޭސްޓް މެނޭޖްމަންޓް
  • ވޯޓަރ އެންޑް ސެނިޓޭޝަން

ގުޅޭވަޒީފާގެ ދާއިރާތައް:

  • ހަކަތަ
  • ވޭސްޓް މެނޭޖްމަންޓް
  • ފެނާއި ނަރުދަމާ
  • ޕެޓްރޯލިއަމް

(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • ހަކަތަ
  • ވޭސްޓް މެނޭޖްމަންޓް
  • ފެނާއި ނަރުދަމާ
  • ޕެޓްރޯލިއަމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.    

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ،  05 އޮކްޓޫބަރު 2025  އާއި 04 ނޮވެންބަރު 2025 އާ ދެމެދު، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3332488 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

23 ސެޕްޓެންބަރު 2025
ހޯދާ