ދިވެހިރާއްޖެ
މިއަހަރު ޑިސެމްބަރ ޗުއްޓީއާއި ދިމާކޮށް ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ކުޅިވަރު ތަރައްޤީކުރުމުގެ މަޤްސަދުގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި ކުލަބް ޖަމިއްޔާތަކުގެ މެދުގައި ކުޅިވަރު (ދެ ޖިންސުގެ ވޮލީ އަދި ފިރިހެން ފުޓްސަލް) މުބާރާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މުބާރާތްތައް ފެއްޓުމަށް ހަމަޖެހިފައިވާ ތާރީޚުތައް ތިރީގައިވަނީއެވެ.
- ދެ ޖިންސުގެ ވޮލީބޯޅަ މުބާރާތް – 24 ޑިސެމްބަރ 2025
- ފިރިހެން ފުޓްސަލް މުބާރާތް – 20 ޑިސެމްބަރ 2025
ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމުގެ ޝައުޤުވެރިވާ ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި ކުލަބް ޖަމިއްޔާތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 30 އޮކްޓޯބަރ 2025 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް ދަންނަވަމެވެ. ހަމަމިއާއެކު 15 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ކުރިން ޓީމް ލިސްޓް ހުށައެޅުމަށް ދަންނަވަމެވެ. މުބާރާތަކުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް މެއިލް ކުރާ ފަރާތްތަކުން ތިރީގައި ދެވިފައިވާ މެއިލް އެޑްރެހަށް ފޮނުވާ ދެއްވުން އެދެމެވެ. މި މުބާރާތްތަކުގެ ގުރުލުން އޮންނާނެ ތާރީޚާއި ގަޑި މުބާރާތްތަކުގައި ބައިވެރިވުމަށް އެދިފައިވާ ފަރާތްތަކަށް ލިޔުމުން އެންގޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު
- ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
- ފޯން: 4002625
- އީމެއިލް [email protected] :
ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.