ބ. ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ދޮންފަނު ސްކޫލަށް ބޭނުންވާ 6 އޭސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން 

 

ދޮންފަނު ސްކޫލަށް ބޭނުންވާ 6 އޭސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:  

 

                    މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބ. ދޮންފަން ސްކޫލަށް 6 އޭސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                      ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 ސެޕްޓެންބަރ 29 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2025 އޮކްޓޫބަރ 02 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ. ގަޑި ޖެހުމަށްފަހު ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.  

                      އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށައަޅަންވާނެއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަންހަވާލުކުރުމުގައި ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރ: G-23/2022) އަށް ރިއާޔަތް ކުރެވޭނެއެވެ.

                      މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ސެޕްޓެންބަރު 2025
ހޯދާ