ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2025/86
އިޢުލާން
އަލިފާން ނިއްވުމަށް ބޭނުންކުރާ ފުޅިތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން
ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލިފާން ނިއްވުމަށް ބޭނުންކުރަމުންގެންދާ ފުޅިތައް ދެ އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6845140/6845161 ގުޅުއްވުން ނުވަތަ [email protected] މެއިލްކޮށްދެއްވުން އެދެމެވެ. ބިޑާއި ގުޅޭ މައުލޫމާތުދެވޭނީ ބިޑުގައިގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
ޕްރީބިޑް މީޓިންގ އަދި ބިޑުގައި ރަޖިސްޓްރީކުރުން: 28 ސެޕްޓެމްބަރ 2025، 10:00 ގައި.
އަންދާސީ ހިސާބް ހުށަހެޅުން: 08 އޮކްޓޫބަރ 2025، 10:00ގައި
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)