އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް

މިކައުންސިލުން އދ. ފެންފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ "އދ. ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް" 24 އޮކްޓޫބަރ 2025 ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އިއުލާނާއެކު "އދ. ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް" ގެ ހިންގާ ގަވާއިދު އާންމުކުރީމެވެ.

ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ އދ. ފެންފުށީގެ ފުޓްބޯޅަ ޓީމްތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 1 އޮކްޓޯބަރ 2025 ދުވަހު 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅުއްވާ ޓީމްތަކުން، ޓީމްލިސްޓް ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 9 އޮކްޓޯބަރ 2025 ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް، ފޯމް ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު ހަމަވުމަށްފަހު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ. 

22 ސެޕްޓެންބަރު 2025
ހޯދާ