ދިވެހިރާއްޖެ
އިޢުލާން
މިލައުތުރު ފުޓުސަލް ފިއެސްޓަރ 2025 މުބާރާތުގެ ލައިޓިންގ އަދި ކޮންފެޓީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން |
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިލައުތުރު ފުޓްސަލް ފިއެސްޓަރ 2025 މުބާރާތުގެ ލައިޓިންގ އަދި ކޮންފިޓީ ހިދުމަތް ފޯރުކޮށްދޭން ސައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޝަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން: 22 ސެޕްޓެމްބަރ 2025 (ހޯމަ) އަންގާރަ ދުވަހުގެ 12:00ން ފެށިގެން: 25 ސެޕްޓެމްބަރ 2025 (ބުރާސްފަތި) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.cloud.microsoft/r/xSXeW1CQxa
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 25 ސެޕްޓެމްބަރ 2025 (ބުރާސްފަތި) ގުވަހުގެ 12:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ: 28 ސެޕްޓެމްބަރ 2025 (އާދީއްތަ) ދުވަހުގެ މެންދުރު 13:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް،އަދި މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.