ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
ފ. ދަރަނބޫދޫ ޕްރީސްކޫލްގެ ދެކުލާސްރޫމާއި އިދާރީބައި ހިމެނޭ އާޢިމާރާތުގެ ދެވަނަ ފިޔަވަހީގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: IUL)373/PRIV/2015/1013)ފ(08 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހާޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- ސީލިންގކުރުން.
- ތަޅުން އެޅުމާއި ސިމެންތިޖެހުން.
- ކަރަންޓް ވައިރުކުރުން.
- ދޮރާއި ދޮރުފަތް ޖަހައި ހަރުކުރުން.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2015 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކްލަބް، ޖަމްޢިއްޔާ، ކޮމެޓީތަކުގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރާއި، އަންދާސީހިސާބު ހުށަހަޅާއިރު އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަންޖެހޭނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޛުލްޙިއްޖާ 1436