މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
"އެގްރިކަލްޗަރ އެންޑް އެނިމަލް އެކްސްޕޯ" އަށް ބޭނުންވާ ސްޓޭޖް، ސައުންޑް، ބެނާރ ހަރުކުރުން، އަދި ސްޓޯލްތައް އަމިއްލަ ތަކެތީގައި ތައްޔާރުކޮށް އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

މި މިނިސްޓްރީގެ ފަރާތުން ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "އެގްރިކަލްޗަރ އެންޑް އެނިމަލް އެކްސްޕޯ" އިވެންޓް އަށް ބޭނުންވާ ސްޓޭޖް، ސައުންޑް، ބެނަރ ހަރުކުރުން، ސްޓޯލްތައް އަމިއްލަ ތަކެތީގައި ތައްޔާރުކޮށް އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (މ. ސްޓަރ ކްލައުޑްސް، މަޖީދީމަގު) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339279 ނަންބަރު ފޯނަށެވެ.

22 ސެޕްޓެންބަރު 2025
ހޯދާ