އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންޓީރިއަރ ޑިޒައިން ހެދުމާއި، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން
އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ
މިކުންފުނީގެ އޮފީހުގެ އިންޓީރިއަރ ޑިޒައިން ހެދުމާއި އެކަމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާން ނަންބަރު TENDER/AS/2015/024 އަށް އަންދާސީހިސާބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ކުރިމަތިލަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
19 އޮކްޓޫބަރު 2015
ހޯދާ