ދިވެހިރާއްޖެ
އިޢުލާން
ޖަނާޒާކޯސް – ޖަމާޢަތްތެރިން ތަމްރީން ކުރުން
ޖަނާޒާތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް މިރަށުގައި ޖަމާޢައްތެރިން އުފެއްދުމަށް މިކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމިޓީއާއި ކީރިތިޤުރުއާނާބެހޭ މަރުކަޒު މެދުވެރިކޮށް ޖަމާޢަތްތެރިން ތަމްރީން ކުރުމަށް ޖަނާޒާކޯހެއް 2025 އޮކްޓޫބަރު 15 އިން 2025 އޮކްޓޫބަރު 18 ގެ ނިޔަލަށް ދެޖިންސްގެ ބޭފުޅުންނަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުލާހަށް ހާޒިރުވެގެން ކުރިޔަށް ގެންދާ ތިއަރީ ޝެޝަންތަކާއި، އަމަލީ ޓްރޭނިންންގ ޝެޝަންތަކެއް ނަގައިދިނުމަށްފަހު އިމްތިހާނެތް ދޭ ގޮތަށެވެ.
މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮކްޓޫބަރު 2 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ފޯމު ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ
 
                    