ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ.
ގްރެފިކަލް ޕްރޮސެސިންގ ޔުނިޓް (ޖީ.ޕީ.ޔޫ) ސަރވަރ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މި ވުޒާރާ ގެ ނަންބަރު (IUL)28-FA-1/1/2025/214 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އައު ޓެކްނިކަލް ސްޕެސިފިކޭޝަނަކާއެކު މި ކަމަށް އަލުން އިޢުލާންކުރީމެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.
މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 01 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 10:30 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 475.00ރ (ހަތަރު ސަތޭކަ ހަތްދިހަ ފަހެއް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާހިސާބު ބާޠިލްވާނެއެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.
- އީމެއިލް އެޑްރެސް؛
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކުރެއްވުމަށް: 9772601
- ވެބްސައިޓް: https://defence.gov.mv
29 ރަބީޢުލްއައްވަލް 1447
21 ސެޕްޓެމްބަރ 2025