ދިވެހިރާއްޖެ
"ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2025" އަންނަ އޮކްޓޯބަރ 30 އިން ނޮވެމްބަރ 3 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ވައިކަރަދޫގައި ޤުރުއާން ކިޔެވުމުގެ ރޫހް އާލާކޮށް ޤުރުއާން ރީތިކޮށް ކިޔަވަން ދަންނަ ދަރިންތަކެއް އުފެއްދުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ރަށުގެ ހުރިހާ ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރަށުން ބޭރުގައި ދިރިއުޅުއްވާ ރައްވެހީންގެ އިތުރުން ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޤުރުއާންގެ ޢިލްމު ފަތުރާ އާލާކުރުމަށް މިކައުންސިލުން ކުރާ މިމަސައްކަތުގައި އިނާމުގެ ގޮތުގައި ތިޔަ ފަރާތުގެ ހިއްސާއެއް ﷲ ގެ މަގުގައި ވެދެއްވަން ގަސްދުކުރައްވާނަމަ މިކައުންސިލްގެ އެކައުންޓް ނަމްބަރ 7706700278001 (1307ރެވެނިއު 1) އެކައުންޓަށް އެފަދަ އެހީއެއްގެ ފައިސާ 25 އޮކްޓޯބަރ 2025 ގެ 14.00 ގެ ކުރިން ޖަމާކޮށްދެއްވުން އެދެމެވެ. އަދި ފައިސާ ޖަމާކުރައްވާނަމަ، ފައިސާ ޖަމާކުރެއްވުމަށްފަހު ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މިކައުންސިލްގެ ނަމްބަރ 7540046 އަށް ވައިބަރ ކުރެއްވުން އެދެމެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9123824 އަށް ގުޅުއްވުން އެދެމެވެ.
މާތް ﷲ ގެ މަގުގައި ތިޔަފަރާތްތަކުން ކުރައްވާ ހޭދަ އާއި މިކައުންސިލަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ﷲ ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.