ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލްގެ ބޭނުމަށް (23 މީހުންގެ ޖާގައަށްވުރެ ބޮޑު) ލޯންޗެއް ހޯދުމަށް 2 ވަނަ ފަހަރަށް އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)403-A/403/2025/130 (16 ސެޕްޓެންބަރު 2025) އިޢުލާނާ ގުޅިގެން ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ރަޖިސްޓްރީވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިޢުލާނު ކުރަމެވެ. ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 7 އިން 11 އަށް އއ. އަތޮޅަށެވެ. ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
* ދަތުރު ކުރުމަށް ހަމަޖެހިފައިވާގޮތް:
- 7 އޮކްޓޯބަރު - މާމެންދޫ އިން ބޮޑުފޮޅުދޫއަށް
- 9 އޮކްޓޯބަރު – ބޮޑުފޮޅުދޫ އިން މަތިވެރި އަށް
- 11 އޮކްޓޯބަރު – މަތިވެރި އިން މާމެންދޫއަށް
ތަފްޞީލް |
ދުވަސް |
ތަން |
|
ބީލަމުގައި ރަޖިސްޓްރީވުން |
25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް |
ލ.މާމެންދޫ ކައުންސިލް އިދާރާ |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. |
||
ބީލަން ހުށަހެޅުން |
28 ސެޕްޓެމްބަރ 2025 (އާދީއްތަ) |
12:00 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް
ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ.
މިބީލަން ފޮތް، 2025 ސެޕްޓެމްބަރ 22 ވާ ހޯމަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 10:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
29 ރަބީޢުލްއައްވަލް 1447ހ