ދިވެހިރާއްޖެ
މި އިޢުލާންވަނީ 25 ސެޕްޓެންބަރު 2025 13:51 ގައި ބާތިލް ކުރެވިފައެވެ.
މިލައުތުރު ފުޓްސަލް ފިއެސްޓާރ 2025 ގައި ބައިވެވާ ޓީމްތަކުގެ މެމްބަރުންގެ ކެއުންތައްޔާރު ކޮށްދޭނެ ފަރާތެށް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 2025 އޮކްޓޯބަރ 11 އިން 20އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިލައުތުރު ފުޓްސަލް ފިއެސްޓަރ 2025 ބައިވެރިވާ ޓީމުތަކުގެ މެމްބަރުނަށް ކެއުންތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2025 (އާދިއްތަ) ދުވަހުގެ 12:00 އިން ފެށިގެން 24 އޮކްޓޯބަރ 2025 (ބުދަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.office.com/r/FA0B5EMdwx
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ. މަޢުލޫމާތު ދިނުމުގެ އެންމެ ފަހު ތާރީޚަކީ 24 އޮކްޓޯބަރ 2025 (ބުދަ) ދުވަހުގެ މެންދުރު 14:00 އެވެ. މައުލޫމާތެއް ހޯދަން ބޭނުންވާފަރާތްތަކަކުން ރަސްމީގަޑީގައި މިއިދާރާގެ ފޯން ނަމްބަރ: 6540041 ގުޅުއްވާ ނުވަތަ މިއިދާރާގެ އީމެއިލް ނަމްބަރ [email protected] ހިއްސާކުރެވުމަށް ދެންނެވީމެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 25 އޮކްޓޯބަރ 2025 (ބުރާސްފަތި) ދުވަހުގެ މެންދުރު 13:30ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ . ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް، އަދި ލިޔުންތަކާއި ، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.