މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިޑްވައިފަރީ ކޮމްޕިޓެންސީ އެގްޒާމް ފެށުން

އިޢުލާނު

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި އަލަށް މިޑްވައިފެއްގެ ގޮތުގައި ޕްރެކްޓިސިންގ ލައިސަންސް ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް 1 ނޮވެމްބަރު 2025 ން ފެށިގެން 'މިޑްވައިފަރީ ކޮމްޕިޓެންސީ އެގްޒާމް' ދިނުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، އަލަށް މިޑްވައިފެއްގެ ގޮތުގައި ޕްރެކްޓިސިންގ ލައިސަންސް ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް ފުރަތަމަ ދޫކުރެވޭނީ 6 މަސްދުވަހުގެ ޕްރޮވިޝަނަލް ލައިސަންސެއްކަމުގައި ދަންނަވަމެވެ. އަދި ޕްރެކްޓިސިންގ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 'މިޑްވައިފަރީ ކޮމްޕިޓެންސީ އެގްޒާމް' އިން ފާސްވުމުންނެވެ.

މި އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން ކަނޑައެޅިފައިވާ ޝެޑިއުލް އަކާއި އެއްގޮތަށެވެ. އަދި މި އިމްތިހާނުގެ ޝެޑިއުލް އާއި ބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް www.health.gov.mv އިން ލިބެން ހުންނާނެއެވެ. އަދި އެގްޒާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް އިން ލިބެންހުންނާނެއެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

 

 

21 ސެޕްޓެންބަރު 2025
ހޯދާ