މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ ކައުންސިލަށް 25 ސޯލާ ލެޑް ލައިޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން

       މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލުގެ ނަމްބަރ (IUL)287/287/2025/29 (28އޯގަސްޓް 2025 ) އިޢްލާނާއި ގުޅިގެން، ނ. މާޅެންދޫ ކައުންސިލަށް 25 ސޯލާ ލެޑް ލައިޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން ފުރިހަމަ ބިޑެއް ހުށަހަޅުއްވާފައި ނުވާތީ، އެ އިޢްލާނު ބާޠިލްކޮށް، ނ. މާޅެންދޫ ކައުންސިލަށް 25 ސޯލާ ލެޑް ލައިޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދުމަށް އަލުން އިއްލާނުކުރީމެވެ.     

           މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 21 ސެޕްޓެމްބަރު 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް  [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 އޮކްޓޯބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 30 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

21 ސެޕްޓެންބަރު 2025
ހޯދާ