ދިވެހިރާއްޖެ
ސްރީލަންކާގެ އެކްސްޕޯޓް ޑިވެލޮޕްމަންޓް ބޯޑުން އިންތިޒާމުކުރާ މެރިން ސަމިޓެއް ކަމުގައިވާ 'ވޮޔޭޖް ސްރީލަންކާ 2025' ވަނީ 16 އޮކްޓޯބަރު 2025 ގައި، ކޮލޮމްބޯގެ ކިންގްސްބަރީ ހޮޓެލުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
'ވޮޔޭޖް ސްރީލަންކާ 2025' އަކީ އެ ޤައުމުގެ ނޫ އިޤްތިޞާދާ ބެހޭ ފްލެގްޝިޕް ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މެރިޓައިމް ދާއިރާގެ މާހިރުންނާއި، އިންވެސްޓަރުންނާއި، ޕޮލިސީ ލެވެލްގެ އިސް ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުގައި ސްރީލަންކާގެ އުޅަނދު އުފެއްދުމާއި، ބޯޓު ބަނުމާއި، ކަނޑުގެ ފަތުރުވެރިކަމާއި، އޮފްޝޯ ޚިދުމަތްތަކުގެ ދާއިރާގައި ހުރި ފުރުޞަތުތައް ހުޅުވާލެވޭނެއެވެ.
'ވޮޔޭޖް ސްރީލަންކާ ‘ގެ މަޤްޞަދުތަކުގެ ތެރޭގައި، މި ދާއިރާގައި ސްރީލަންކާގައި ހުރި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރުމާއި، ކަނޑުގެ އިޤްތިޞާދުގައި ދެމެހެއްޓެނިވި އާދަތައް ދަމަހައްޓައި ކުރިއެރުވުން ހިމެނެއެވެ. މި ކޮންފަރެންސަކީ ދިވެހި ވިޔަފާރިތަކާއި އިންވެސްޓަރުންނަށް ސްރީލަންކާގެ ކުރިއަރަމުންދާ ކަނޑުގެ ސިނާޢަތާ ގުޅުންހުރި މަޢުލޫމާތުތަކެއް ލިބިގަތުމުގެ އިތުރުން، އިންވަސްޓްމަންޓަށާއި ނެޓްވޯކްކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.
ކޮންފަރެންސްގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް، އަދި ގުޅޭ އިތުރު މައުލޫމާތު މި ކޮންފަރެންސް އިންތިޒާމުކުރާ ފަރާތުގެ ވެބްސައިޓް (https://www.voyagesrilanka.lk/) އިން ލިބިވަޑައިގަންނަވާނެއެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މި ކޮންފަރެންސަށް ރެޖިސްޓަރ ކުރައްވާނީވެސް މި ދެންނެވި ވެބްސައިޓު މެދުވެރިކޮށެވެ. އަދި ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 50،000 ސްރީލަނަކަން ރުޕީސް ދައްކަން ޖެހޭ ކަމަށާއި، 1 ސެޕްޓެންބަރު 2025 ގެ ކުރިން ރަޖިސްޓަރކޮށްފިނަމަ ގެ ޑިސްކައުންޓެއް ލިބޭކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ.