ދިވެހިރާއްޖެ
ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގައި ބައިވެރިވާ ހއ.ބާރަށު ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، އަދި ޓީމްގެ ހުރިހާކަމެއް މެނޭޖުކޮށް ކުރިއަށްގެންދިއުމަށް ޝައުޤުވެރިވާ ހއ. ބާރަށުގައި ރަޖިސްޓްރީކޮށް ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި އަދި ކުޅިވަރު އެކަޑަމީތަކަށް އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުގުވެރިވާ މިދެންނެވި ފަރާތްތަކުން ބާރަށު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށައެޅުމަށް ބައިވެރިވާން އެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލްއާ ގުޅޭ މަޢުލޫމާތުކަރުދާސް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި އިޢުލާން ނަމްބަރު، ހުށަހަޅާ ކުލަބް ޖަމިއްޔާގެ ރެޖިސްޓްރޭޝަން ނަމްބަރު އެނގޭނެފަދަ ލިޔުމެއް ،ފޯނު ނަމްބަރު އަދި ފޮނުވާ ފަރާތުގެ ނަމާއި މަޤާމު، ހިމަނަންޖެހޭނެއެވެ.
|
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރ ކުރުން. |
23 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް. |
|
ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި: |
30 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް. |
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
