މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
16 ވަނަ އިންޓަނޭޝަނަލް އިންވެންޝަން ފެއާ އިން ދަ މިޑްލް އީސްޓް، ސްޓޭޓް އޮފް ކުވައިތު (11-8 ފެބްރުއަރީ 2026)

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 އިން 11 އަށް ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ "16 ވަނަ އިންޓަނޭޝަނަލް އިންވެންޝަން ފެއާ އިން ދަ މިޑްލް އީސްޓް" (އައި.އައި.އެފް.އެމް.އީ) ގައި ދިވެހިރާއްޖޭގެ ފަރާތްތައް ބައިވެރިވުމުގެ ފުރުސަތުވަނީ ކުވައިތުގެ އެމްބަސީ އިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

މި ފެއާގައި ބައިވެރިވުމުގައި ސަމާލުވާންޖެހޭ ކަންކަން:

  • މި ފެއާރގެ ރަޖިސްޓްރޭޝަންގެ ޑެޑްލައިން، އަދި ރަޖިސްޓްރޭޝަން ފީ ޑެޑްލައިންއަކީ 11 ޑިސެންބަރު 2025 ވާ  ބުރާސްފަތި ދުވަހެވެ.
  • "ލޭޓް ރަޖިސްޓްރޭޝަން" ގެ މުއްދަތަކީ 12-25  ޑިސެންބަރު 2025 އެވެ. އަދި ރަޖިސްޓްރޭޝަން ފީ ދެއްކޭނެ އެންމެ ފަހު ތާރީހަކީ 25 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހެވެ.
  • "ޕްރަޔޯރިޓީ ރަޖިސްޓްރޭޝަން" ދެވޭނީ ޕޭޓެންޓް ސެޓްފިކެޓް އޮންނަ ފަރާތްތަކަށެވެ.
  • ބައިވެރިކުރެވޭ އުފެއްދުމަކީ ކުރީ އަހަރުތަކުގެ އައި.އައި.އެފް.އެމް.އީ ފެއާތަކުގައި ބައިވެރިކުރެވިފައިވާ އުފެއްދުމަކަށް ވެގެންނުވާނެއެވެ.
  • ބައިވެރިކުރެވޭ އުފެއްދުމަކީ ސްޓޭޓް އޮފް ކުވައިތްގެ ޤާނޫނާއި ގަވާއިދުތަކަށް ފެތޭ، އަދި "ސެކިއުރިޓީ އެންޑް ސޭފްޓީ" ގަވާއިދުތަކަށް ފެތޭ އުފެއްދުމަކަށް ވާންވާނެއެވެ.
  • ކޭޝް އެވޯޑުތައް ދެވޭނީ އެގްޒިބިޝަން ވެނިއުގައި ބެހެއްޓިފައިވާ ފަރާތްތަކުގެ ތެރެއިން ވަނައެއް ލިބިވަޑައިގަންނަވާ ފަރާތަކަށެވެ. އޮންލައިންކޮށް ބައިވެރިވެ ވަނަ ހާސިލްކުރައްވާ ފަރާތްތަކަށް ލިބޭނީ ސެޓްފިކެޓް އަދި މެޑަލްއެވެ.
  • އެއް އުފެއްދުމަށްވުރެ ގިނަ އުފެއްދުންތައް ބައިވެރިކުރާ ފަރާތްތަކުން، ބައިވެރިކުރާ ކޮންމެ އުފެއްދުމެއް ބެހެއްޓޭނީ ވަކި ބޫތެއްގައެވެ. ކޮންމެ ބޫތެއްގައި ގިނަވެގެން ބެހެއްޓޭނީ ދެ އުފެއްދުމެވެ. އަދި އެއް އުފެއްދުމަށްވުރެ ގިނަ އުފެއްދުން ބަހައްޓާކަމުގައިވާނަމަ އިތުރު ފީއެއް ނެގިގެންދާނެއެވެ. ބައިވެރިކުރާ ހުރިހާ އުފެއްދުމެއް އެއް ބޫތުގައި ބެހެއްޓުމަކީ ހުއްދަކަމެއް ނޫނެވެ. 
  • ފެއާގައި ބައިވެރިވުމައްޓަކާ ކަނޑައެޅިފައިވާ ޑެޑްލައިންގެ ކުރިން ދެއްކުމަށް ހަމަޖެހިފައިވާ ފީތައް ދައްކަންވާނެއެވެ.
  • ބައިވެރިވާ ފަރާތުން ފީތައް ދެއްކުމަށްފަހު ބައިވެރިނުވުމަށް ނިންމައިފިނަމަ، ރީފަންޑް ކުރެވޭއިރު ފީގެ އިންސައްތައެއް އުނި ކުރެވޭނެއެވެ.
  • ކުވައިތްއަށް އެންޓްރީ ވިސާ ހަމަނުޖެހިއްޖެ ހާލަތެއްގައި ހުރިހާ ރަޖިސްޓްރޭޝަން ފީއެއް އެއްވެސް އުނިކުރުމަކާ ނުލާ އަނބުރާ ރައްދުކުރެވޭނެއެވެ.

 

މި ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އިއުލާނާ އެއްކަރުދާސްކުރެވިފަވާ ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ. އަދި މި އީމެއިލް ގައި [email protected] ކޮޕީކޮށްދެއްވުން އެދި ދެންނެވީމެވެ.

 

21 ސެޕްޓެންބަރު 2025
ހޯދާ