ދިވެހިރާއްޖެ
އއ. ތޮއްޑޫސްކޫލުގެ 8 ކްލާސްރޫމުގެ 2 ބުރިޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގެ 8 ކްލާސްރޫމުގެ 2 ބުރިއިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS66/IUL/2015/44ފ(15 ސެޕްޓެންބަރު 2015) އިޢުލާނަށް މަޢުލޫމާތު ދޫކުރުމުގައި ދިމާވި އިދާރީ މައްސަލައަކާ ގުޅިގެން އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ( ވެލާނާގޭގެ 8 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 |
29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި ލިޔެކިޔުންތައް ހަމަނުވާ ބިޑްތައް ކެންސަލް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341137 ނަންބަރު ފޯނާއެވެ
29 ޛުލްޙިއްޖާ 1436