ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
ކައުންސިލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:                ކައުންސިލަރ

ރޭންކް:                    އެމް. އެސް. 1

ކްލެސިފިކޭޝަން:              ސީނިއަރ އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:               1 (އެކެއް)      

ސެކްޝަން / ޔުނިޓް:           އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:   ބ. ގޮއިދޫ ސްކޫލް

މަޤާމުގެ ގިންތި:               ދާއިމީ

މުސާރަ:                   5610.00 ރުފިޔާ

ސަރވިސްއެލަވަންސް:          2000.00  ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1. ކައުންސެލިންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ކައުންސެލިންގެ  ދާއިރާގައި  2  އަހަރު  ދުވަހުގެ  މަސައްކަތު  ތަޖުރިބާ  ލިބިފައިވުން.  ނުވަތަ؛

2. ކައުންސެލިންގއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.     

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމުތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން.

2. ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިން ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.

3. ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ އަޚްލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

4. ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.

5. ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި ޙަފްލާތަކަށް މަޤާމުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.

6. ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޙަފްލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.                                            

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާގެ ޝަރުޠު- ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަ ނުވާނަމަ ޑިސްކޮލިފައިވާނެ)

2. ތަޢުލީމާއި ތަމްރީނު- ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.

3. ތަޖުރިބާ– ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.

4. ލިބިފައިވާ ހުނަރު – އިންޓަވިޔު / ޕްރެކްޓިކަލްސް

އިންޓަވިޔުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް އޮންނާނީ، 2015 އޯކްޓޫބަރު 20 ވާ އަންގާރަ  ދުވަހު ބ. ގޮއިދޫ ސްކޫލުގައެވެ. ގަޑި 1 ދުވަސް ކުރިން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:    

މި  ވަޒީފާއަށް  އެދޭ  ފަރާތްތަކުން  ވަޒީފާއަށް  އެދޭ  ފޯމް  ފުރިހަމަކުރުމަށްފަހު،  ފޯމާއެކު  ހުށަހަޅަންޖެހޭ  ލިޔުންތައް،  2015  އޮކްޓޫބަރު  20  ވާ  އަންގާރަ  ދުވަހުގެ 12:00  ގެ  ކުރިން  މި  އިދާރާއަށް  ހުށަހެޅުން  އެދެމެވެ.   

އުޖޫރައާއި ޢިނާޔަތްތައް:      

ކަނޑައެޅިފައިވާ އުޞޫލްތަކާއ އެއްގޮތްވާގޮތުގެމަތިން ތިރިގައިމިވާ ޢިނާޔަތްތައް ލިބޭނެ.

  1. އިތުރުގަޑި / ބަންދު ދުވަސްތަކުގެ ފައިސާ.
  2. ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ

ހުށަހަޅަން ޖެހޭ ލިޔުންތައް:     

1. ސިވިލް ސަރވިސްއަށް / ސަރުކާރުން ޚިދުމަށްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު  އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

2. ވަޒީފާއަށް އެދޭ ފަރާތްތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600014 ނަންބަރު ފޯނާއެވެ. 

23 ޛުލްޙިއްޖާ 1436

07 އޮކްޓޫބަރު 2015
ހޯދާ