ދިވެހިރާއްޖެ
ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި މި ވުޒާރާއިން، 2025 އޮކްޓޫބަރ 18 ގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރވުމަށް، 2025 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އެކްސްޕޯގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުމަށް އެދި ދެންނެވީމެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/nQa7JsaNUV
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް، މި ވުޒާރާގެ ވެބްސައިޓް www.agriculture.gov.mv މެދުވެރިކޮށް ނުވަތަ މިވުޒާރާގެ ނަންބަރު 3322625 އަށް ގުޅުއްވުން އެދެމެވެ.