މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމްޓީސީސީ ސޯމިލް އެކޮމޮޑޭޝަންގެ މުވައްޒަފުންނަށް ކައްކާ ކާންދިނުމުގެ ޚިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް:
އެމްޓީސީސީ ސޯމިލް އެކޮމޮޑޭޝަންގެ މުވައްޒަފުންނަށް ކައްކާ ކާންދިނުމުގެ ޚިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލު |
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
23 ސެޕްޓެމްބަރު 2025 |
އަންގާރަ |
14:00 |
އަންދާސީ ހިސާބު ހުށަހެޅުން |
01 އޮކްޓޯބަރު 2025 |
ބުދަ |
10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
18 ސެޕްޓެންބަރު 2025
ހޯދާ