ދިވެހިރާއްޖެ
ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށްޓަކައި، ތިރީގައި މިދަންނަވާ މަޤާމުތަކަށް ކޮންޓްރެކްޓް މުވައްޒަފުން ނެގުމަށް ބޭނުންވެއެވެ. މި މަސައްކަތާ ގުޅޭ މަޤާމުގެ މަސްއޫލިއްޔަތުތަކާއި، މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ތަޖުރިބާ އަދި ތަޢުލީމީ ފެންވަރާއި އަދި މުސާރައިގެ މަޢުލޫމާތުތައް، މި މަޤާމުގެ ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) ގައި ހިމެނިފައިވާނެއެވެ.
1. އެޑްމިނިސްޓްރޭޓިވް އޮފިސަރ (05)
2. މަސައްކަތު (01)
ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ނުވަތަ ވަޒީފާއަށް އެދި ހުށައަޅާ ސިޓީ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް / ވަޒީފާއަށް އެދި ހުށައަޅާ ސިޓީ ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]