ދިވެހިރާއްޖެ
މިމަދަރުސާގެ ދަރިވަރުންގެ ދެފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް
ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުން 2016 ވަނަ އަހަރަށް ކުރެވޭ މަރާމާތުގެ ތެރެއިން ދަރިވަރުންގެ ދެފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުން 2016 ވަނަ އަހަރަށް ކުރެވޭ މަރާމާތުގެ ތެރެއިން ދަރިވަރުންގެ ދެފާޚާނާ މަރާމާތުކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 |
01 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.
02 މުޙައްރަމް 1437