ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމު: |
ސަޕޯޓް ސަރވިސް އެސިސްޓެންޓް (ލޯންޗް ކެޕްޓަން) |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: |
މަހަކު -/3،100 ރުފިޔާ |
ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/1,000 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
މަޤާމުގެ ޝަރުޠު: |
- އަސާސީ ތަޢުލީމް ފުރިހަމަކޮށްފައިވުމާއެކު، ނިޔަމިކަމުގެ ސަނަދު ހާޞިލްކޮށްފައވުމާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންވާ ހުނަރެއް ލިބިފައިވާ މީހެއްކަމުގައިވުން. - އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. - މީލާދީގޮތުން 18 އަހަރު ފުރިފައިވުން. - ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކުކަމުގައި ނުވުން. |
|
މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: |
ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން |
|
ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: |
ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ. - ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ. - މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރެކޯޑް ބަލާ ފޯމް. - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. |
|
ސުންގަޑި: |
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 16:00 ގެ ކުރިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ. |
|
ނޯޓް: |
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. - މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. |
|
27 ޛުލްޙިއްޖާ 1436 |