އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ކަނދިލި މިސްކިތް މަރާމާތުކުރުން

ކަނދިލިމިސްކިތް މަރާމާތުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކުޑަވުމުގެ ސަބަބުން މިއިދާރާގެ ނަންބަރު: (IUL)356/356/2025/28 ( 29 އޭޕްރިލް 2025 )  އިޢުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން އދ.މާމިގިލީ ކަނދިލި މިސްކިތުގެ ބައެއްމާރާމާތުތައް ކުރުމަށް ޝަޢުޤުވެރިވާފަރާތްތަކަށް ފުރުޞަޠުހުޅުވާލަމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ  ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތެއްގެ އަގަކީ -/250 ( ދުއިސައްތަ ފަންސާސް ރުފިޔާ ) އެވެ. ބިޑުފޮތް 2025 ސެޕްޓެމްބަރ 23 ން 2025 ސެޕްޓެމްބަރ 30 އަށް ކޮންމެދުވަހެއްގެ 9:00 ން 12:00 ށް އދ.މާމިގިލީ ކައުންސިލުން ލިބިވަޑައިގަންނަވާނެ އެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ 2025 އޮކްޓޯބަރ 05 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. މަޢުލޫމާތު ސާފުކޮށްދިނުމުގެ ސެޝަން އޮންނާނީ 2025 ސެޕްޓެމްބަރ 30 ވާ އަންގާރަ ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެނުލައްވާފަރާތްތަކަށް  ބިޑު ހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

17 ސެޕްޓެންބަރު 2025
ހޯދާ