ދިވެހިރާއްޖެ
ނަންބަރު:GS-85/IUL/2025/13
އިޢުލާން
މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދިނުމާއި ސްކޫލްގެ ފާހާނާތަކުގެ ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން :
07 ސެޕްޓެމްބަރ 2025 ގައި، މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދިނުމާއި ސްކޫލްގެ ފާހާނާތަކުގެ ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު GS-85/IUL/2025/11 ބާތިލްކޮށް، މި މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
- މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދިނުމާއި ސްކޫލްގެ ފާހާނާތަކުގެ ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ވުމަށް 2025 ސެޕްޓެމްބަރ 17 ން 2025 ސެޕްޓެމްބަރ 23 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު މި ސްކޫލްގެ މެއިލް [email protected] އަށް ފޮނުވުމަށް ދެންނެވީމެވެ.
- ވިޔަފާރީގެ ނަން އަދި ރަޖިސްޓްރޭޝަން ނަމްބަރ.
- ގުޅޭނެ ފަރާތުގެ ނަމާއި ފޯން ނަމްބަރ.
- އިޢުލާން ނަމްބަރ.
މެއިލް ސްކޫލަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ޒިންމާއެކެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2025 ސެޕްޓެމްބަރ 25 ވާ ބުރާސްފަތ ދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލްގައެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 29 ވަނަ ދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލް ގައެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
ފޯން: 6500536 ، އީމެއިލް: [email protected]
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
