ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަރާމާތް ކުރުން

އިޢުލާން

 

މި ކޯޓުގެ މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

  1. އަސްކަނި ސީލިންގ މަރާމާތުކުރުން
  2. ފާޚާނާގެ މުށި ބަދަލުކުރުން

 

ވީމާ، މި މަސައްކަތްތައް ކުރުމަށް އެދޭ ފަރާތްތަކުން 23 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 25 ސެޕްޓެމްބަރ 2025 ވާ ބްރާސްފަތި ދުވަހުގެ 14:00 އަށް ކޯޓަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.  އަގު ހުށަހަޅުއްވަން ވާނީ ވިޔަފާރި ނުވަތަ ކުންފުނީގެ އަގު ހުށަހަޅާ ފޯމުންނެވެ.

މަސައްކަތަށް އެދި ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައި ވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ރެޖިސްޓްރީ ކޮށްފައި ވާ ވިޔަފާރިތަކުންނާއި ވިޔަފާރި ރަޖިސްޓްރީ ކޮށްފައި ވާ އަމިއްލަ ފަރުދުންނަށެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާއިރު ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއަކާއި ޙާޟިރު ވާ މީހާގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެ ފަރާތަކަށް އެކަން ހުއްދަ ކުރި ސިޓީއެއް ގެންނަންވާނެއެވެ.

ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެއެވެ.

 

 

25 ރަބިއުލްއަވަލް 1447

17 ސެޕްޓެމްބަރ 2025

17 ސެޕްޓެންބަރު 2025
ހޯދާ