ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ "ލައިވްލިހުޑް އެންހޭންސްމެންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑެވެލޮޕްމެންޓް" ޕްރޮޖެކްޓުގެ ޕްރޮސެސިންގ ފެސިލިޓީއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ށ. ގޮއިދޫ ކައުންސިލް އިދާރާއަށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2025/134 ގެ މަޢުލޫމާތު އަދި މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282 އަދި 3339279 ނަންބަރު ފޯނަށެވެ.